11 Feb 2014, 12:37
ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:15 ހާއިރު ކަމަށާއި ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ނުވެ ސަލާމަތްވެފައިވާއިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ކާރަށް ބޮތެޑި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން ކާރުގެ ކުރީކޮޅު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ކާރު ޖެހުނު ރުއް ބިންދައިގެންގޮސް ވެއްޓިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ސިނާއީ މަގުން މުކުރިމަގުން ތުނޑީ އަވަށާ ވީކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައިދަނިކޮށް ކާރު ކޮންޓްރޯލް ނުވެ ގޮސް މަގު މެދުގައި ރުއްތަކުގެ ތެރެއިން ރުކެއްގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކްސިޑެންޓްވި ކާރު ދުއްވަން އިނީ ފިރިހެނެއް ކަމަށާއި އެ މައްސަލަ ލ. ގަން ޕޮލިސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.