11 Feb 2014, 12:26
އިރާންގެ އަންހެން ފުޓްބޯޅަ ޓީމުގައި ހަތަރު ފިރެހެން ކުޅުންތެރިއަކު އުޅޭކަމަށް ޝައްކުވެގެން، އެ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ޖިންސީ ޓެސްޓުތަކެއް ކުރަން ނިންމައިފި އެވެ.
އިރާންގެއަންހެން ޓީމުގައި ފިރިހެން ހަތަރު ކުޅުންތެރިއަކު އުޅޭކަމަށް ދުނިޔޭގެ މަޝްހޫރު މީޑިއާތަކުގެ ފަލަސުރުހީއަށް މިއަދު އަރާފައިވާ އިރު، އިނގިރޭސި މަސްހޫރު އޮންލައިން ނޫހެއް ކަމަށްވާ ޑެއިލީ މޭލްގައި ބުނެފައި ވަނީ، އެ ހަތަރު ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން ނަކީ ޖިންސު ބަދަލު ކުރުމުގެ ސާޖަރީއެއްކޮށް ނުހަދާ ހުރި ކުޅުންތެރިނާއި ސާޖަރީ ހަދައިގެން ޖިންސީ ގޮތުން ގުނަވަންތައް ބަދަލު ކޮށްގެން އުލޭ ކުޅުންތެރިން ކަމަށެވެ.
މީގެ އިތުރުން ރޮއިޓާސް ނިއުސް އެޖެންސީ އިން ރޭ ޝާއިއު ކޮށްފައިވާ ހަބަރެއްގައި ބުނެފައި ވަނީ އީރާންގެ އަންހެން ފުޓްބޯޅަ ޓީމުގައި ހަތަރު ފިރެހެނުން އުޅޭ ކަމަށް މީޑިއާތަކުގައި ދައްކަމުން އަންނަ ވާހަކަ ތެދުވާހަކައެއްތޯ ބެލުމަށް އިރާންގެ ފުޓްބޯޅައިގެ މައި އިދާރާ އިން ވެސް މަސައްކަތް ފަށާފައިވާ ކަމަށާއި އަދި އެކަން ޔަގީން ވެއްޖެ ނަމަ ފީފާގެ އިންޒާރުތަކެއް އިރާނަށް އައުން ވަރަށް ގާތް ކަމަށް ވެސް ބައެއް މީޑިއާތަކުގައި ބުނެފައިވާ ކަމަށް ރޮއިޓާސް އިން ބުނެ އެވެ.
އިނގިރޭސިވިލާތުގެ ބިޒްނަސް ޓައިމްސްގައި މިއަދު ޝާއިއު ކޮށްފައިވާ ހަބަރެއްގައި ބުނެފައި ވަނީ، އިރާންގެ އަންހެން ފުޓްބޯޅަ ޓީމުގައި ހަތަރު ފިރިހެން ކުޅުންތެރިން އުޅޭތޯ ބެލުމަށް އެކަމަށް ހާއްސަ ޓީމެއް އެކުލަވާ ލުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.