19:00


ކުރިއަށް އޮތް ތިން އަހަރަށް 10.4 މިލިޔަން ރުފިޔާއަށް ދިރާގުން ދިވެހި ލީގު ސްޕޮންސަކޮށް، އެފްއޭއެމާއެކު އެގްރިމަންޓުގައި ސޮއިކޮށްފި އެވެ.


ރޭ ޓީވީއެމްގައި ބޭއްވި މި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަލީ އަލީ އާޒިމެވެ.


މި ރަސްމިއްޔާތުގައި ދިރާގުން ވަނީ ބްރޮޑްކާސްޓިން ރައިޓްސް އެމްއެންބީސީގެ ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑަށް ދިންކަން އިއުލާންކޮށްފަ އެވެ. މީގެ އިތުރުން މީޑިއާ ޕާޓްނަރަކަށް ދުވަހު ނޫސް ހަވީރު އަދި އޮންލައިން ޕާޓްނަރަކަށް މޯލްޑިވްސޮކަރ ޑޮޓް ކޮމް ހަމަޖެއްސިކަން ވެސް އިއުލާންކުރި އެވެ.