10 Feb 2014, 16:39
މެސީގެ ދެ ލަނޑާއި އެކު ސެވިއްޔާ 4-1 އިން ބަލިކޮށް ސްޕެނިޝް ލީގް ގެ އެއްވަނަ އަށް ބާސާ އަނެއްކާވެސް ޖެހިލައިފި އެވެ.
ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މެޗްގައި އެ ކްލަބަށް ލީޑް ނަގައިދިނީ މެޗްގެ 15 ވަނަ މިނެޓުގައި ޒުވާން ޑިފެންޑަރު އަލްބާޓޯ މޮރެނޯ ޕެރޭޒް އެވެ. ނަމަވެސް މެޗްގެ 34 ވަނަ މިނެޓުގައި ބާސާގެ ސަންޗޭޒް ވަނީ ލަނޑެއް ކާމިޔާބު ކޮށްދީ މެޗްގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ރޭގެ މެޗްގައި ބާސާއަށް ލީޑް ނަގައިދިން ގޯލް މެޗްގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ޕެޑްރޯ ދިން ޕާހަކުން މެސީއެވެ. އަދި މެޗްގެ 56 ވަނަ މިނެޓުގައި ތިން ފަހަރު ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާ މަގާމް ހޯދާފައިވާ މެސީ ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބު ކޮށްދީ އެ ކްލަބަށް ލީޑް ފުޅާ ކޮށްދީފަ އެވެ.
ބާސާއަށް ރޭގެ މެޗްގެ ހަތަރު ވަނަ ލަނޑު މެޗްގެ 88 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ ބާސާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ސެސް ފެބްރިގާސް އެވެ.
ރޭގެ މެޗުން މޮޅުވެ ބާސާ 57 ޕޮއިންޓާއި އެކު ލަނޑުގެ ތަފާތުން އެއްވަނައަށް ޖެހިލިއިރު ދެވަނައިގައި އޮތް ރެއާލް އަށާއި ތިން ވަނައިގައި އޮތް އެޓްލެޓިކޯ އަށްވެސް ލިބިފައިވަނީ 57 ޕޮއިންޓެވެ.