އެލް މޯބައިލް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް އީގަލްސް ފަސޭހަކަމާ އެކު ދަތުރުކޮށްފި އެވެ.

ސެމީގެ ޖާގައެއް އީގަލްސް އިން ކަށަވަރު ކުރީ ޓާފް އެއްނަންބަރު ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ކުއާޓާ ފައިނަލްގައި ރޭ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން ފަސޭހަ ކަމާއެކު 6-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ، ކުއާޓާ އިން ޖާގަ ހޯދި އީގަލްސް އަށް އިއްޔެގެ މެޗުގައި ލަނޑުތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ތިން ލަނޑު ކާމިޔާބު ކޮށްދިން އަހުމަދު ރިޒުވާން އާއި ދެ ލަނޑު ކާމިޔާބު ކޮށްދިން އަންސާރު އިބްރާހިމް އަދި މުހައްމަދު މުސްލިހު އަންސާރެވެ.

މިމުބާރާތުގެ ސެމީ ފައިނަލުގެ އީގަލްސްއާއި ދެކޮޅަށް ނިކުނާނެ ޓީމެއް ކަށަވަރުވާނީ މިއަދު ހަވީރު ނިއު ރޭޑިއަންޓާއި ކެލާ ނާޅި ސްޕޯޓްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. މުބާރާތުގެ ތިން ވަނަ ކުއާޓާގައި މިރޭ 9:00 ގައި ބައްދަލުކުރާ ދެޓީމަކީ މަހިބަދޫ ސްޕޯޓްސް ކްލަބާއި އޭދަފުށީ ޒުވާނުންގެ ކްލަބެވެ. އަދި މުބާރާތުގެ ފަހު ކުއާޓާގައި މާދަމާ ރޭ 9:00 ގައި ބައްދަލުކުރާ ދެޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވައިކަރަދޫ އެފްސީ އެވެ.