މާލެއިން މަރުއާނާ ގަހެއް ފެނުމާއި ގުޅިގެން އެ ގަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެ ގަސް ފެނިފައި ވަނީ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބީޗް ވޮލީ ކޯޓްތައް ހަދާފައިވާ ސަރަޙައްދުންނެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް އެ ސަރަހައްދު ބަލައި ފާސްކުރުމުން އެކޯޓުގައި ހަދާފައިވާ ސިޑިބަރި އެއްގެ ދަށުން ރޭ 23:15 ހާއިރު އެގަސް ވަނީ ފެނިފަ އެވެ.

މީގެ ކުރިން ހުޅުމާލެއިން ވެސް ވަނީ މަރުއާނާ ގަހެއް ފެނިފަ އެވެ. އެ ގަސް މިހާރު ވަނީ ނައްތާލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ގަހާބެހޭ ތަހުގީގުތައްކޮށް ނިމުމުން އެގަސް ވެސް ނައްތާލާނޭ ކަމުގަ އެވެ. އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރުދަނީ ދަނީ ތަހުގީގު ކުރަމުންނެވެ.