10 Feb 2014, 15:42
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) 30000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އިލެކްޝަން ކޮމިޝަން އިން މިއަދު ބުނީ އެމްޑީއޭ ޖޫރިމަނާކޮށްފައި ވަނީ އެ ޕާޓީގެ ގައުމީ ބައްދަލުވުމެއް ބާއްވާފައި ނުވާތީ ކަމަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާގޮތުން ޕާޓީއެއް ރަޖިސްޓްރީ ކުރާތާ ލަސްވެގެން ނުވަ މަސް ދުވަހުގެ ތެރޭގައި ގައުމީ ބައްދަލުވުމެއް ބާއްވަންޖެހެ އެވެ.
އެ ޕާޓީއަށް އިލެކްޝަން ކޮމިޝަން އިން އަންގާފައިވަނީ 30000ރ. ގެ ޖޫރިމަނާ 15 ދުވަހުގެ ތެރޭގައި އިލެކްޝަން ކޮމިޝަންއަށް ދެއްކުމަށެވެ.
މިދިޔަ މަހުގެ ތެރޭގައި ވަނީ ޕީޕިއެމްވެސް 5000ރ. އިން ޖޫރިމަނާކޮށްފައެވެ. ސަބަބަކީ މަރުވެފައިވާ މީހެއްގެ ނަމުގައި މެމްބަޝިޕް ފޯމް ޕީޕީއެމުން ހުށަހެޅުމުންނެވެ. އަދި މަރުވެފައިވާ ދެ މީހެއްގެ ނަމުގައި މެމްބަޝިޕް ފޯމް ޖުމްހޫރީ ޕާޓީން ހުށަހެޅުމުން 12،000ރ. އިން އެޕާޓީވެސް ވަނީ ޖޫރިމަނާކޮށްފައެވެ.