ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އިތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގު ހަސަން އާއި މާވަށު ދާއިރާގެ މެމްބަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރަށް ޕީޕީއެމްގެ ޓިކެޓު ގެއްލިއްޖެ އެވެ.

އިއްޔެ ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގެ ނަތިޖާ ދައްކާގޮތުން ރަފީގަށް ލިބިވަޑައިގަތީ 258 ވޯޓެވެ. އޭނައާ ވާދަކުރެއްވި ޏ. ފުވައްމުލައް ދޫރެސް، އަލީ ޝާހު އަށް ލިބިވަޑައިގަތީ 405 ވޯޓެވެ.

މާވަށު ދާއިރާގެ މެމްބަރު އަޒީ އަށް ލިބިވަޑައިގެންނެވީ 70 ވޯޓެވެ. އެ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވި މ. އަފްޒާ އަހްމަދު އަޒްހާން ފަހުމީ އަށް ލިބިވަޑައިގަތީ 494 ވޯޓެވެ. އެ ދާއިރާ އަށް ވާދަކުރެއްވި ހަތަރު ވަނަ ބޭފުޅާ، ލ. ވާވަށް އާފާގުގޭ މުހައްމަދު އަލީ އަށް ލިބިވަޑައިގަތީ 171 ވޯޓެވެ.