09 Feb 2014, 12:23
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ 1000 ސުކޫކް (އިސްލާމިކް ޝެއަރ) މިސްކިތަތްކަށް އެހީވާ ވަޤުފް ފަންޑުން ގަތުމަށް ނިންމި ނަމަވެސް ފިނޭންސް މިނިސްޓްރީން ފައިސާ ދޫނުކޮށްގެން އެކަން ހުއްޓާލައިފި އެވެ.
ގިނަ ކުންފުނިތަކެއްގެ ޝަރިއްޔާ ކޮމެޓީގެ މަސައްކަތް ކުރައްވާފައިވާ އަދި އިސްލާމިކް މިނިސްޓްރީގެ ނައިބު ޑރ. އައިޝަތު މުނީޒާ "ސަން"އަށް މިއަދު ވިދާޅުވީ 1000 ސުކޫކް ގަތުމަށް ފަސް ލައްކަ ރުފިޔާ ހަރަދު ކުރުމަށް އެ މިނިސްޓްރީން ނިންމައި އެޗްޑީއެފްސީއަށް ހުށައެޅި ކަމަށެވެ.
ނަމަވެސް އެކަން ނުވީ "އިންޓާނަލް މައްސަލައަކާއި ގުޅިގެން" އެޗްޑީއެފްސީއަށް ދައްކަންޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ދޫކޮށްފައި ނުވާތީ ކަމަށް މުނީޒާ ވިދާޅި އެވެ.
އޭނާ ވިދާޅުވީ އެ ފަންޑުން ސުކޫކް ގަތުމުގެ ވިސްނުން އަދިވެސް ގެންގުޅޭ ކަމަށާއި އެޗްޑީއެފްސީން އެ ފުރުސަތު ހުޅުވާލުމުން އަދިވެސް ސުކޫކް ގަތުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑް ކޮމެޓީއިން ފަސް ލައްކަ ރުފިޔާގެ ސުކޫކް ގަތުމަށް ނިންމީ އެ ފަންޑް ދިރުވާ އާލާކުރުމަށް ކަމަށް ބުނެ އެވެ.