08 Feb 2014, 20:05
ރ. އަލިފުއްޓާ 20 މޭލު ބޭރުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮތް މީހާ ފެނިފައި ވަނީ މިއަދު ހަވީރު 5:40 އެހައިކަންހާއިރު ކަމަށާއި ބައެއް ގުނަވަންތައް ނެތުމުގެ ސަބަބުން އޭނާގެ ޖިންސް ވަކިކުރަން ވެސް ނެނގޭ ކަމަށެވެ.
އެމީހާގެ ހަށިގަނޑުން ނަގަންޖެގޭ ސާމްޕަލްތައް ނެގުމަށްފަހު އަދި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ވަޅުލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.