19:00


މެލޭޝިޔާގެ ސެލަންގޯ ދޭއް އެކަކުން ބަލިކޮށް އޭއެފްސީ ކަޕުގެ ދެވަނަ ބުރުގެ އުއްމީދު ވިކްޓަރީ ސްޕޯޓްސް ކްލަބުން އާކޮށްފި އެވެ.


ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގައި ވިކްޓަރީގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހުތާރު ނަސީރު (ޓޫކިލޯ) އާއި ބަދަލު ކުޅުންތެރިޔާ އާދަމް ނިޔާޒެވެ. ސެލަންގޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި އާމިރުލް ހާދީ އެވެ. މިމޮޅާއެކު ވިކްޓަރީ އަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު ބާކީ ތިން މެޗު އެބަ އޮތެވެ. ވިކްޓަރީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސެލަންގޯގެ ތިން ކުޅުންތެރިޔަކަށް ރަތްކާޑު ދައްކާފައިވެ އެވެ.