އިއްޔެގެ ހުކުރު ވަގުތު ފަލަސްތީނުގެ ގިނަ ބަޔަކު އަލް އަގުސާ މިސްކިތުގައި ތިއްބައި އިސްރާއީލް ސިފައިން އެ މިސްކިތަށް ވަދެ ގަނެ، މީހުންނަށް އަނިޔާކޮށްފި އެވެ.

އަލްޖަޒީރާ ބުނީ އިސްރާއީލު ސިފައިން އަގުސާ މިސްކިތަށް ވަދެ ގަތުމުގައި ސްޓަން ގްރެނޭޑް ބޭނުން ކުރި ކަމަށާއި ހަތް ފަލަސްތީނުގެ ހަތް މީހުން ހައްޔަރު ވެސް ކުރި ކަމަށެވެ. އަދި ބުނީ އިސްރާއީލް ސިފައިން މިސްކިތަށް ވަންނަން އުޅުމުން މިސްކިތުގައި ތިބި މީހުން ގާއުކި ކަމަށެވެ.

އަގުސާ މިސްކިތުގެ އިމާމު މުހައްމަދު ހުސައިން ވަނީ އިސްރާއީލު ސިފައިން ހިންގި އެ ހަމަނުޖެހުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.

"އެއީ [މިސްކިތަށް ވަދެގަތް ގަތުމަކީ] ހުރިހާ ދީނެއްގައި ވެސް އަދި ބައިނަލް އަގުވާމީ ގާނޫނުތަކުގައި ވެސް މަނާ ކަމެއް. އެއީ އަގުސާ މިސްކިތާ ދެކޮޅަށް ހިންގި އަމަލެއް. އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އިސްރާއީލުން. އެއީ ސިފައިން މިސްކިތަށް ވަދެގަތުމަށް އެންގީ އިސްރާއީލުން. އަގުސާ މިސްކިތުގައި ހިނގި ހުރިހާ ކަމަކަށް އެމީހުން ޒިންމާވާން ޖެހޭނެ،" މުހައްމަދު ހުސައިން ވިދާޅުވި ކަމަށް އަލްޖަޒީރާ ބުންޏެވެ.

އިސްރާއީލު ސިފައިން ބުނެފައި ވަނީ އެ މީހުން މިސްކިތަށް ވަދެގަތީ މިސްކިތުގައި ތިބި މީހުން އެ މީހުންނާ ދިމާއަށް ގާއުކުމުން ކަމަށެވެ.