08 Feb 2014, 10:08
މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕްރައިމެރީގެ ތެރެއިން ހަ ދާއިރާއެއްގެ އިންތިހާބު އެ ޕާޓީން މާދަމާއަށް ފަސްކޮށްފި އެވެ.
އެ ޕާޓީގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާނެ ބަޔަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ފަސްކޮށްފައި ވަނީ ގަމާއި އިސްދޫ އާއި މާވަށާއި ފުވައްމުލަކު އުތުރާއި ފޭދޫ އަދި މަޑުއްވަރީ ދާއިރާގެ އިންތިހާބެވެ.
ޕީޕީއެމް އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާދަމާ އަށް ފަސް ކުރި ދާއިރާތަކުގެ އިންތިހާބު އޮންނާނީ މެންދުރު 2 ފެށިގެން ރޭގަނޑު އަށެއް ޖަހަންދެން ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އެ ދާއިރާތަކުގެ މެންބަރުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މެންބަރުން އާދީއްތަ ދުވަހު ވޯޓުލުމަށް އިތުރަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށާއި ނަމަވެސް ވޯޓުލާތަން ބަދަލު ކުރަން ބޭނުން ނަމަ މިއަދު އެކަން ޕާޓީ އަށް ހުށަހެޅުމަށެވެ.