08 Feb 2014, 09:47
ވިލިމާލޭގެ ހުޅަނގު ދެކުނު ކަންމައްޗަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ ގެއްލުނުތާ ފަސް ދުވަސް ފަހުން މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ތިން މީހުނާ އެކު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މާފުށީ އައްސޭރިގޭ މުހައްމަދު ޖަމީލް، 41، ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ކުރަމުން ދަނިކޮށް އޭނާ ފެނުނީ 328 ފޫޓު އަޑިން ކަމަށެވެ. ނަމަވެސް އެ މީހާ ފެނުނީ ވިލިނގިއްޔާ ކިހާ ހިސާބަކުން ކަމެއް އެމްއެންޑީއެފަކުން ނުބުނެ އެވެ.
"އޭނާ އެހިސާބު އަޑިން ނެގުމަށް ޓަކައި ބޮޑެތި ދަތިތަކެއް ހުރުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރު ޑައިވަރުންނާއި މަޝްވަރާކުރަމުން،" އެމްއެންޑީއެފްއިން ބުންޏެވެ.
ޖަލީލި ގެއްލިފައި ވަނީ ތިން މީހުންނާ އެކު ޑައިވިނަން ގޮސް އުޅުމުގެ ތެރެއިންނެވެ. އޭނާ ނޫން އެހެން މީހުން ވަނީ ސަލާމަތުން އެއްގަމަށް އަރާފަ އެވެ.