ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީ ދޯންޏެއްގެ ކެޕްޓަން މޫދަށް ފުންމާލިފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 5:15 އެހައިކަންހާއިރު ކަމަށާއި ސަފާރީގެ ކެޕްޓަން އުމުރުން 27 އަހަރުގެ މުހައްމަދު އާރިފް މޫދަށް ފުންމާލީ ސަފާރީގެ ވަލުގައި އެހެން ދޯންޏެއް އަޅައި ގަތުމުން އެ ވާ ނައްޓާލަން ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އާރިފް ފުންމާލި ފަހުން ޚަބަރެއް ނުވެގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރި މަސައްކަތުން އޭނާ ފެނިފައި ވަނީ މިރޭ 8:30 އެހައިކަންހާއިރު ކަމަށެވެ.