ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ޕީޕީއެމުން ހުށަހަޅައިފި އެވެ.

ޕީޕީއެމުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގައްދޫ ދާއިރާ އަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ ހަވީރު 4:00ގެ ކުރިން ކަމާބެހޭ ލިޔުންތައް ޕާޓީގެ އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ހުށަހަޅަން ޖެހޭ ލިޔުންތަކަކީ ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން އެދި ހުށަހަޅާ ފޯމާއި އެމީހެއްގެ ވަނަވަރު ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ދާއިރާތައް ބަހާލި އިރު ގައްދޫ ދާއިރާ ދީފައި ވަނީ އެމްޑީއޭ އަށެވެ. ނަމަވެސް އެ ޕާޓީން ވަނީ އެ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރުމަށް ނިންމާފަ އެވެ.