އައްޑޫ ސިޓީ ހަންކެޑެ އާއި މަރަދޫ ގުޅުނު ފާލަމާއި ދިމާލު ގޮނޑުދޮށުން ވަޅު ލާފައި އޮތް އިންސާނެއްގެ ކަށިގަނޑެއް ފެނިއްޖެ އެވެ.

ކަށިގަނޑު ފެނުނު އިރު އެ ސަރަހައްދުގައި ހުރި މީހަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ މިއަދު މެންދުރު 3:15 އެހައިކަންހާއިރު އެ ކަށިގަނޑު ފެނިފައިވަނީ ކަކުނި ނަގަން ހަރުކޮށްނަން ތިބި ބަޔަކަށް ކަމަށެވެ. ކަށިގަނޑު ފެނިފައިވަނީ މޫދާ ގާގްގަނޑަކަށް ހަ ފޫޓް އެއްގަމުން، ބައި ވަރަކަށް ފޫޓުގެ ފުން މިނުގައި ވަޅުލާފައި އޮތްވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދުން ކަށިގަނޑެއް ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކަމާބެހޭ ފަރާތްތަކުގެ ލަފާއާ އެކު އެ ކަށިގަނޑު ވަޅުލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.