06 Feb 2014, 10:37
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 39 ރަބަރު ޕެކެޓާ އެކު ތިން މީހަކު ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 19 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި އެތަކެތި ބަންދުކޮށް ގެންގުޅޭ ގެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލައި ފާސްކުރިއިރު އެގޭގެ ކޮޓަރިއެއް ތެރޭގައި ހުރި ޑްރެސިން ޓޭބަލެއްގެ މަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ފަސް ރަބަރު ޕެކެޓާއި ހަމަ އެގޭގެ އެހެން ކޮޓަރިއަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 24 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކުރި 19 އަހަރުގެ މީހާ އާއި 24 އަހަރުގެ މީހާގެ ކުޑަކަމުދާ ތަކެތި ނަގައި ޓެސްޓްކުރި އިރު އެ ދެމީހުން ވެސް މަސްތުވާތަކެއްޗަށް ޕޮސިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮއްފައިވާ 24 އަހަރުގެ މީހާއަކީ މީގެކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.