05 Feb 2014, 21:48
އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގައްދޫ ދާއިރާ އަށް މޯލްޑިވްސް ޑިވެލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވާދަ ނުކުރަން ނިންމައިފި އެވެ.
އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފު މިރޭ ސަން އަށް ވިދާޅުވީ ގައްދޫ ދާއިރާއަކީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަނުން އެމްޑީއޭ އަށް ދީފައިވާ ސްލޮޓެއް ކަމަށާއި ނަމަވެސް އެ ދާއިރާގައި އެމްޑީގެ މެންބަރުން އެކަށީގެންވާ ވަރަށް ނެތުމުން އެ ގޮނޑިއަށް ވާދަ ނުކުރުމަށް އެ ޕާޓީން ނިންމީ ކަމަށެވެ.
މައުރޫފް ވިދާޅުވީ އެ ޕާޓީ އަށް ކޯލިޝަނުން ލިބިފައި ވަނީ އަށް ދާއިރާ ކަމަށެވެ. އެއީ ގައްދޫގެ އިތުރަށް ނ. ކެނދިކުޅުދޫ ދާއިރާ އާއި އެ އަތޮޅު ހޮޅުދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި މަނަދޫ ދާއިރާ އާއި ހއ. ހޯރަފުށީ ދާއިރާ އާއި ދ. ކުޑަހުވަދޫ ދާއިރާ އާއި އެ އަތޮޅު މީދޫ ދާއިރާ ކަމަށެވެ.
މައުރޫފު ވިދާޅުވީ ގައްދޫ ދާއިރާ ފިޔަވައި ދެން ހުރި ދާއިރާތަކަށް އެ ޕާޓީގެ ޓިކެޓްގައި ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށެވެ.