05 Feb 2014, 13:08
ކޮޕާ އިޓާލިއާގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ފިއޮރެންޓީނާ 2-1 ބަލިކޮށް އުދިނޭޒީ މުބާރާތުގެ ފައިނަލާއި ގާތަށް ޖެހިލައިފި އެވެ.
އުދިނޭޒީގެ އަމިއްލަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗްގައި ފުރަތަމަ ކުރި ހޯދީ އެޓީމުންނެވެ. އެ ކްލަބަށް ކުރި ހޯދައިދިން ލަނޑު، މެޗްގެ 36 މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒުވާން ޑިފެންޑަރު ސިލްވަން ވިޑްމާ ދިން ޕާހަކުން ހުނަރުވެރި ފޯވާޑް އަދި ކެޕްޓަން އޮންޓޯނިއޯ ޑި ނަޓޭލި އެވެ.
ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ފިއޮރެންޓީނާއަށް ކުޅެމުން އަންނަ އިޓަލީގެ ގައުމީ ޓީމުގެ މިޑްފިލްޑަރު ވާގަސް ވަނީ އެ ކްލަބަށް ނަތީޖާ އެއްވަރުކޮށްދީ ކްލަބަށް ހިތްހަމަޖެހުން ގެނެސްދީފަ އެވެ.
އުދިނޭޒީ އެ މެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮލަންބިއާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އިތުބާރު ޒުވާން ފޯވާޑް މުރިއެލް އެވެ.
ކޮޕާ އިޓާލިއާގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އެ ދެ ޓީމް އަލުން ބައްދަލުކުރާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އުދިނޭޒީ އަށް އެ މެޗް ފިއޮރިންޓީނާ އަތުން ކާމިޔާބު ކުރެއްވިއްޖެ ނަމަ އެ މެޗްވެގެންދާނީ 1922 ވަނަ އަހަރަށްފަހު އުދިނޭޒީ މި މުބާރާތުގެ ފައިނަލުން ޖާގަލިބޭ ދެވަނަ ފަހަރަށެވެ.