ކަރުނައިގެ ބަދަލުގައި ހިލަކޮޅުތަކެއް ލޮލުން ފައިބާ އަންހެން ކުއްޖަކު ޔަމަނުން ފެނިއްޖެ އެވެ.

ޔަމަނުގެ އަޒަލް ޓީވީ ޗެނަލް އިން ވަނީ 8 އަހަރުގެ ސާދިޔާ ސާލިހް ގެ ލޮލުން ހިލަ ކޮޅުތައް ވެއްޓޭތަން ދައްކައިލައިފަ އެވެ. އަދި މި ވީޑިއޯ ވަނީ ޔޫޓިއުބް ގައި ވެސް ފެތުރެން ފަށައިފަ އެވެ.

ވީޑިޔޯ އިން ފެންނަނީ ސާދިޔާގެ ލޮލުގެ ތެރެއިން ކުދިކުދި ހިލަކޮޅު ތަކެއް ކަރުނައިގެ ގޮތުގައި ވެއްޓޭ ތަނެވެ. ހިލަކޮޅުތައް ވެއްޓެނީ ލޮލުގެ ކަނުންނެވެ. އަދި މި ހިލަކޮޅުތައް ފޮއްޓަކަށް އެޅުމަށް ފަހު ވީޑިއޯ އަށް ދައްކައިލާތަން ވެސް ފެނެ އެވެ.

އިނގެރޭސި ވިލާތުގެ ޑެއިލީ މިރާ އިން ބުނީ ސާދިޔާ އަށް ދިމާވެފައިވާ މި ކަމަށް ޖަވާބެއް ހޯދިފައި ނުވާ ކަމަށެވެ. އަދި ސާދިޔާގެ ގައިގައި އެއްވެސް އާދަޔާ ހިލާފު ބައްޔެއް ނުވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

މި ޚަބަރު ފެތުރުނީއްސުރެ ސާދިޔާ ދިރިއުޅޭ އަވަށުގެ މީހުން ތިބެނީ ބިރުންނެވެ. ސާދިޔާ އަކީ ޖިންނި އަވަލާފައިވާ ކުއްޖެއް ކަމަށް ބައެއް މީހުން ބުނާ އިރު މިއީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ވެސް ރަށްފުށުގައި ދަނީ އަޑު ފެތުރެމުންނެވެ.

http://www.youtube.com/watch?v=EvDpkGu7Rn0