04 Feb 2014, 14:09
މެލޭޝިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ފަޔާޒު (އެފްއޭ)ގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބެއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި އެގޮތަށް ފާސްކޮށްފައި ވަނީ 39 މެމްބަރުންގެ ވޯޓް ހޯދައިގެނެވެ. ނުފެންނަކަމަށް ވޯޓްދެއްވީ 19 މެމްބަރުންނެވެ.
ފަޔާޒް އަކީ މީގެ ކުރިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
މެލޭޝިއާގެ ސަފީރަކަށް ކުރިން ހުންނެވީ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އާ ބޭފުޅަކަށް ފުރުސަދު ދިނުމަށް ކަމަށް ވިދާޅުވެ މިދިޔަ ނޮވެމްބަރު މަހު އެވެ.