04 Feb 2014, 13:59
ޔުޓިލިޓީޒް ކުންފުނިތަކުގެ މިލްކުވެރިކަން ފެނަކަ ކޯޕަރޭޝަން އަށް ބަދަލު ކުރި އިރު، ކޯޓުގައި ހިނގަމުން ދިޔަ މައްސަލައަކާ ގުޅިގެން މިލްވެރިކަން ބަދަލުކުރެވިފައި ނުވާ އަޕަ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ މިލްކުވެރިކަން މައްސަލަ ނިމުމާ އެކު ފެނަކައަށް ބަދަލުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އިން ޔުޓިލިޓީޒް ކުންފުނިތަކުގެ މިލްކު ވެރިކަން ފެނަކައަށް ބަދަލު ކުރިއިރު އަޕަ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ މައްސަލައެއް މަދަނީ ކޯޓުގައި ހިނގަމުން ދިޔުމުގެ ސަބަބުން އެތަނުގެ މިލްކުވެރިކަން ފެނަކައަށް ބަދަލުކުރެވިފައި ނުވާ ކަމަށެވެ.
ފެނަކައިން ބުނީ، އަޕަ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރު "އުފުލި" ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ ނިމުމާ އެކު 26 ޖެނުއަރީ 2014ގައި އަޕަ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ އެންމެހައި މިލްކުވެރިކަން ފެނަކައަށް ބަދަލުކޮށްފައިވާ ކަމަށެވެ.