04 Feb 2014, 09:48
ތިން ލެޕްޓޮޕާއި އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން 21 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް ކަމަށެވެ. ނަމަވެސް އެ ދެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ތެރެއިން 31 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފުލުހުންގެ ތަޙުގީގަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުންނެވެ.
ވައްކަމުގެ މި މައްސަލައާ ގުޅިގެން 21 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި އިރު އޭނާގެ އަތުގައި ހުރި އަތްދަބަސްތަކެއްގެ ތެރެއިން އައި ފޯނަކާއި އަތުކުރި ގަޑިއަކާއި ސޮނީ ބްރޭންޑްގެ ލެޕްޓޮޕަކާއި އޭސާ ބްރޭންޑްގެ ލެޕްޓޮޕަކާއި އެޕަލް ބްރޭންޑްގެ މެކްބުކަކާއި އައިފޯން 5 އެސް އެއްގެ އިތުރުން ދިވެހި ޕާސްޕޯޓަކާއި ވޮލެޓްތަކެއް ފެނިފައިވާ ކަމަށެވެ.
މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓް ގުޅިގެން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.