ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ގިނަ އަދަދެއްގެ ކާބޯތަކެތި ކަސްޓަމްސްއިން ނައްތާލައިފި އެވެ.

ކަސްޓަމުސް އިން ބުނީ ނައްތާލާފައިވާ ތަކެއްޗަކީ އަމިއްލަ ފަރާތަކުން އެތެރެކުރި 280 ފުލް ކްރީމް ކިރު ޕެކެޓާއި 520 ބަސްތާ ފިޔާގެ އިތުރުން 25 ކާޓޫންގެ ބިސްކޯދު ކަމަށެވެ.

ކަސްޓަމުސް އިން ބުނީ އެހުރިހާ ތަކެތި ވެސް ނައްތާލާފައި ވަނީ އިންސާނުން ކެއުމަށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އެތަކެތި ނައްތާލުމަށް އަންގަވާފައި ވާތީ ކަމަށެވެ.

ކަސްޓަމްސް އިން އެތަކެތި ނައްތާލާފައި ވަނީ ތިލަފުށި ކޯޕަރޭޝަންގެ ބެލުމުގެދަށުން ކ. ތިލަފުށީ ކުނިކޮށި ސަރަޙައްދުގަ އެވެ. އެ ތަނެކި ނައްތާލާފައި ވަނީ މުދަލުގެ ވެރިފަރާތުގެ އިތުރުން ކަސްޓަމްސްގެ އޮފިސަރުންނާއި ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންނާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މުވައްޒަފުންނާއި އެމްއެންޑީއެފްގެ އޮފިޝަލެއްގެ ހާޒިރުގަ އެވެ.