ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ މީހުން ފުލުހުންގެ ހައްޔަރުގައި ތިބިކަން ނުވަތަ ނޫންކަން ބެލުމަށް ފުލުހުންނާއި ޑްރަގް ކޯޓާދެމެދު ވެބް ޕޯޓަލްއެއް ގާއިމުކޮށް އޭގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

ޑްރަގް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އަލަށް ތައާރަފްކުރެވުނު އެ ޚިދުމަތުގެ ދަށުން އެ ކޯޓުގެ އިހްތިސޯސްގެ ތެރޭގައި ހެމެނޭ މީހަކު ފުލުހުން ހައްޔަރުކޮށްފިނަމަ ވަގުތުން އެ މައުލޫމާތު ޑްރަގް ކޯޓަށް ބެލޭނެ ކަމަށެވެ.

ޑްރަގް ކޯޓުން ބުނީ އެ ޚިދުމަތް ފެށުމުގެ ގޮތުން އެ ކޯޓުގެ މުވައްޒަފުންނަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މިއަދު ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޑްރަގް ކޯޓުގެ މަޝްވަރާގެ މަތިން ފުލުހުން ގާއިމުކުރި އެ ވެބް ޕޯޓަލްގެ ސަބަބުން ކޯޓުގެ މަސައްކަތް ކުރިއަށްވުރެ ހަލުއިވެގެންދާނެ ކަމަށް ވެސް ޑްރަގް ކޯޓުން ބުންޏެވެ.