ސްވިމިން އެސޯސިއޭޝްން އޮފް މޯލްޑިވްސްއިން މިއަހަރަށް ކަނޑައަޅާފައިވާ 1.8 މިލިއަން ރުފިޔާގެ ބަޖެޓް އެ އެސޯސިއޭޝަނުން ފާސްކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި އެއެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި 1852992.15ރ. ގެ ބަޖެޓް ފާސްކުރީ ޖަލްސާއަށް ވަޑައިގެން ތިއްބެވި 18 މެންބަރުންގެ އިއްތިފާގުންނެވެ. އެ އެސޯސިއޭޝަންގެ މެންބަރުންގެ ގޮތުގައި ޖުމްލަ 46 މެންބަރުން ތިއްބަ ވައެވެ. އެހެން ނަމަވެސް ބަޖެޓް ފާސްކުރި ޖަލްސާ ބޭއްވުނީ ކޯރަމް ހަމަވުމުންނެވެ. ކޯރަމް ހަމަވާން ބޭނުން ވަނީ 15 މެންބަރުންނެވެ.

ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި ޖަލްސާގައި މި އަހަރުގެ ބަޖެޓު ފާސްކުރުމުގެ އިތުރުން ބައެއް އަސާސީ ގަވާއިދުތަކަށް ވޯޓަށް އެހުން ވެސް އޮތެވެ. އަދި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކުރުން ވެސް އޮތެވެ.

ސްވިމިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާރިފް ވިދާޅުވީ، މިއަހަރަށް ކަނޑައެޅިފައިވާ ބަޖެޓް ހަބަޔަކަށް ބަހާލައިފައިވާ ކަމަށެވެ. އަދި އެބައިތަކަކީ ރާއްޖޭގައި ރާވައި ހިންގާ މުބާރާތްތަކާއި، ޔޫތު ޑިވޮލަޕްމަންޓު ޕްރިގްރާމާއި ޓެކްނިކަލް ޑިވޮލަޕް މަންޓު ޕްރޮގްރާމާއި ބައިނަލް އަގުވާމީ ޕްރޮގްރާމާއި އިދާރީ ޕްރޮގްރާމް އަދި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަހަރުގެ ބަޖެޓުން އެންމެ ބޮޑަށް ހަރަދުވާނެ މުބާރާތަކީ ރައްޖޭގައި ރާވައި ހިންގާ މުބާރާތްތަކަށް ކަމަށާއި އެމުބާރާތްތަކަށް ޖުމްލަ 772029ރ. ހަރަދުވާނެ ކަމަށެވެ. އަދި މިއަހަރު އެންމެ މަދުން ހަރަދުވާނީ ބައިނަލް އަގުވާމީ މުބާރާތް ތަކަށް ކަމަށާއި އެއީ 80000ރ.ގެ ބަޖެޓެއް ކަމަށް ޝާރިފް ވިދާޅުވި އެވެ.

ޝާރިފް ދިދާޅުވީ، މިދިޔަ އަހަރުގެ ފަހު ކުއާޓާގެއެއް ލައްކައަށް ވުރެން ގިނަ ރުފިޔާ އަދި ވެސް ލިބިފައިނުވާ ކަމަށެވެ.