ފިހާރައަކުން ވައްކަން ކުރި މީހަކު ހަތަރު އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ހދ. ހަނިމާދޫ، ރަންވިލާ އަލީ ރަޝީދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު "ލިލީއެފްއެމްބީ ސަޕްލަޔާސް 3" ފިހާރައިން ބެޓީނާ ބެޓީގެ ތިން ލޯޝަންފުޅި ވަގަށް ނެގި ކަމަށް ޝަރީއަތުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

މިއީ ވައްކަމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ހަތަރު ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.