މަސްތުވާ ތަކެއްޗާ އެކު ރ. މާކުރަތުން ކުޑަކުއްޖަކާއި 21 އަހަރުގެ ޒުވާން ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންބުނީ، އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މާކުރަތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރ. ދުވާފަރު ޕޮލިސް ސްޓޭޝަނާއި ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ހައްސަ އޮޕަރޭޝަނެއްގައި މިދިޔަ ހުކުރު ދުވަހުގެރޭ 11:45 ކަންހާއިރު ކަމަށެވެ.

މާކުރަތު މަގުމަތިން އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި އެމީހުން ތިބި ސަރަހައްދު ބަލައި ފާސްކުރި އިރު އެމީހުން ތިބިތަނުގެ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 19 ކަރުދާސްކޮޅު ވަނީ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.