Last Updated: 1 decade 2 year ago
މިރޭ 9:00 ހާއިރު ވަޅި ހަރާފައި ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ބްރޭކްވޯޓާ ރެސްޓޯރަންޓް ތެރެއިންނެވެ. އަލްހާން ފަހުމީގެ ކޮއްކޮ ޝަޒްބާން ފަހުމީ "ސަން" އަށް ބުނީ ބޭބެގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާ ކަމަށާއި ބޭބެއަށް އޭޑީކޭގެ އެމެޖެންސީގައި ފަރުވާދެމުންދާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމައްސަލައާ ގުޅިގެން ކުށުގެ ވެށިން ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހަކު ސަން އަށް ކިޔައިދެމުން ބުނީ އަލްހާން ގަޔަށް ވަޅިހެރުމާއި ގުޅިގެން ޕިކަޕަކަށް އަރުވައިގެން އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށާއި އެހިސާބުގައި ވަރަށް ގިނަ އަދަދަކަށް ލޭ ހުރި ކަމަށެވެ.
އިތުރު ފަރުވާއަށް އަލްހާން ލަންކާއަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައި. އާއިލާއިން ބުނާ ގޮތުގައި މިރޭ މެމްދަމު 1:10 ގައި ސްރީލަންކަން އެއާލައިންގައި އޭނާ ލަންކާއަށް ފޮނުވާލާނެ.