01 Feb 2014, 15:29
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓު ހޯއްދެވުމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އެ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންފި އެވެ.
މިއަދު އެމްޑީޕީން އިއުލާންކުރި އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 243 ވޯޓާ އެކު އެ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރައްބާވާފައި ވަނީ، މަޖީދާ ޕްރައިމަރީގައި ވާދަ ކުރެއްވި އިނގުރައިދޫ އަބްދުލްމަތީން ހުސައިނެވެ.
އަބްދުލްމަޖީދު އަބްދުލްބާރީ އަށް ކޮންމެ ރަށަކުން ވެސް ވޯޓު ލިބިވަޑައިގެންފައި ވަނީ ވަރަށް މަދުންނެވެ. ނަމަވެސް އެނާ އަށް ލިބިވަޑައިގަތް ވޯޓުގެ އަދަދެއް އަދި ތަފްސީލެއް އާންމެއް ނުކުރެ އެވެ.
އިނގުރައިދޫ ދާއިރާގެ މަޖިލީސް ގޮނޑި މިހާރު ފުރުއްވަމުން ގެންދަވަނީ ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން އަބްދުﷲ ހަމީދެވެ.