ލޯކަލް ގަވާމެންޓް އޮތޯރިޓީ( އެލްޖީއޭ) ގެ ނާއިބް ރައީސް އަހްމަދު ފައިސަލް އިސްތިއުފާދެއްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ އެލްޖީއޭގެ މެމްބަރުކަމުން ފައިސަލް އިސްތިއުފާދެއްވާފައިވާ ކަމަށާއި މިވަގުތު އޭނާ ހުންނެވީ އެމެރިކާގައި ކަމަށެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ އެލްޖީއޭގެ މެމްބަރުކަމުން އިސްތިއުފާދެއްވީ އަލަށް އިންތިޚާބުވި ކައުންސިލްތަކާ އެކު އެލްޖީއޭގެ ބޯޑުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ފައިސަލަކީ މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އެލްޖީއޭ ބޯޑަށް އިންތިޚާބު ކުރެއްވި ބޭފުޅެކެވެ.