01 Feb 2014, 10:51
މިދިޔަ އަހަރުގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔާގެ މަގާމް މާލޭ ސްޕޯޓްސްގެ މުހައްމަދު ރިޝްވާންއަށް ލިބިއްޖެ އެވެ.
ކްރިކެޓް ބޯޑުން ބާއްވާ އަހަރީ އިނާމް ދިނުމުގެ ހަފްލާ "ކްރިކެޓް ހަވީރު" ރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވި އިރު މިދިޔަ އަހަރުގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔާގެ މަގާމް ރިޝްވާންއަށް ލިބުނުއިރު، އޭނާ އަކީ މިދިޔަ އަހަރުގެ އެންމެ މޮޅު ބެޓްސްމަންވެސް މެއެވެ. އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ބޯލަރަކަށް އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ މުހަންމަދު ޝާފީ ސައީދެވެ.
ރޭގެ ހަފްލާގައި އެކި އުމުރު ފުރާތަކުގެ އެންމެ މޮޅު ފަސް ކުޅުންތެރިނަށް ވެސް ވަނީ އިނާމު ދީފަ އެވެ. އަދި މިދިޔަ އަހަރު ކްރިކެޓަށް ހިދުމަތް ކުރި ފަރާތްތަކަށް ހިދްމަތުގެ އިނާމު ދިނުމާ، ސްޕޮންސަރުންނަށް ޕާޓްނާޝިޕް އެވޯޑް ދިނުން އޮތެވެ. އަދި އަލަށް ތައާރަފު ކުރެވުނު ޕްރެސިޑެންޓްސް އެވޯޑް ދިނުން ވެސް އޮތެވެ. މި އެވޯޑް ލިބިވަޑައިގަތީ ކްރިކެޓް ގިނަ ގުނަ ހިދްމަތެއް ކުރައްވާ ފަރާތެއްކަމަށްވާ ފަރުހަތު ޖަލީލަށެވެ.
މިދިޔަ އަހަރުގެ އެންމެ ހިދުމަތްތެރި ކޯޗަކަށް ހޮވުނީ މިސްޓަ ކަސުން ޗަންދުރަކަންތެވެ. އެންމެ ހިދުމަތްތެރި އަމްޕަޔާ އަކަށް ހޮވުނީ މިހައްމަދު އަކުރަމެވެ. އެންމެ ހަރަކާތްތެރި ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. އަދި
ކްރެކްޓުގެ ހަރަކާތްތައް އާންމުކޮށް ހާމަކުރުމަށް މިޑީއާ މެދުވެރިކޮށް އެންމެބޮޑަށް ހަރަކާތްތެރިވި ފަރާތައް ހޮވުނީ ރާއްޖެ ޓީވީގެ ސްޕޯޓްސް ޖާނަލިސްޓު ހުސައިން ފަރިޔާޒެވެ. އަދި ކްރިކެޓުގެ އެންމެ ގިނަ ހަރަކާތްތަކުގައި ބައިވެރިވި ކްލަބަކަށް ހޮވުނީ ވެސްޓް ސްޕޯޓްސް އެވެ. އަދި އަތޮޅު ކްރިކެޓް ތަރައްގީކުރުމުގެ ހިދުމަތުގެ އެވޯޑު ހޯދީ ހަސަން މުތީޢު އެވެ. ކްރިކެޓް ޕާޓްނާ އެވޯޑް ލިބުނީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން އާއި އަލޯރާ އާއި ގްލޯބަލް ކާގޯ ކެއާ ޕްރައިވެޓް ލިމިޑެޓް އަދި އޯލް ސްޕޯޓްސް އެވެ.
ކްރިކެޓް ބޯޑުގެ ރައީސްގެ އެވޯޑް ލިބުނީ ފަރުޙަތު ޖަލީލް އަށެވެ. އަދި 14 އަހަރުން ދަށުގެ އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ހަސަން ހޫދު އަހުމަދު ޏ.އަތޮޅު ތައުލީމީ މަރުކަޒު، އަހްސަން މުހަންމަދު ތާޖުއްދީން ސްކޫލް، ހުސައިން މަފާޒު ޖަމާލުއްދީން ސްކޫލް، އިސްހާގު އީސާ މުޒައްމިލު ޖަމާލުއްދީން ސްކޫލް އަދި
ޔޫސުފު އަޒިޔާން ފަރުޙަތު އިސްކަންދަރު ސްކޫލް އެވެ.
މިދިޔަ އަހަރުގެ 16 އަހަރުން ދަށުގެ އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އާދަމް ނާސިފު އުމަރު މުޙްޔިއްދީން ސްކޫލް، ޔޫސުފު އަޒިޔާން ފަރުޙަތު އިސްކަންދަރު ސްކޫލް، ތުސަރު ސުނިލް އިސްކަންދަރު ސްކޫލް،
މޫސާ މިޖާދު ނުޢުމާން ތާޖުއްދީން ސްކޫލް އަދި އަހުމަދު ޝަހުދާން ދަރުމަވަންތަ ސްކޫލެވެ.
މިދިޔަ އަހަރުގެ 19 އަހަރުން ދަށުގެ އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުހަންމަދު މަބުރޫކު އާއި
އަލީ ސުނާން އާއި މުހަންމަދު ރިޝްވާން އާއި އަހުމަދު ޒައިދު ނާސިހު އަދި މުހަންމަދު ޝާފީ ސައީދެވެ.
މިދިޔަ އަހަރު ރާއްޖެ ބައިވެރިވި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ފާހަގަކުރެވޭފަދަ މޮޅުކުޅުމެއް ކުޅެފައިވާ ކުޅުންތެރިންނަށް ދެ އެވޯޑް ލިބުނީ، އޭސީސީ ޓްވެންޓީ 20 ކްރިކެޓް މުބާރާތުގައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު ކުޅުނު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ރިޝްވާން އާއި އޭސީސީ 19 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ރާއްޖެއާއި ބޫޓާނާ ދެމެދު ކުޅުނު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ސުނާން އަދި އޭސީސީ 19 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ރާއްޖެއާއި ތައިލެންޑާ ދެމެދު ކުޅު މެޗުގެ އެންމެ މޮޅު އުކުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ޝާފީ ސައީދެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ކްލަބަކަށް ހޮވުނީ މާލޭ ސްޕޯޓްސް ކްލަބެވެ. އަދި ރޭގެ ހަފްލާގައި، ކްރިކެޓް ވައިޑީޕީ ސްޕޮންސާ މައިލޯ އާއެކު އެގްރީމެންޓްގައި ސޮއި ކުރުންވެސް އޮތެވެ.