01 Feb 2014, 10:42
ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީޓީމަށް ކުޅޭ ހުނަރުވެރި ޒުވާން ސެންޓަބެކް ކާޓް ޒޫމާ، 12 މިލިޔަން ޕައުންޑުގެ ފީއަކަށް އިނގިރޭސި ޕްރިމިއާ ލީގު ކްލަބު ޗެލްސީއަށް ގުޅިއްޖެ އެވެ.
ފްރާންސް ލީގުގެ ސެއިންޓް އެޓީންއަށް ކުޅޭ އުމުރުން 19 އަހަރުގެ ޒޫމާ ފަސް އަހަރާ ބައިގެ އެއްބަސްވުމެއްގައި ޗެލްސީއަށް ސޮއިކޮށްފައިވީ ނަމަވެސް މި ސީޒަން ނިމެންދެން އެނާ ފްރާންސް ކްލަބުގައި މަޑުކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އުމުރުން 15 އަހަރުގައި 2009 ވަނަ އަހަރު އެޓީންއަށް ގުޅުނު ސެންޓަބެކް ވަނީ، މިސީޒަންގައި އެޓީމަށް 12 މެޗު ކުޅެފަ އެވެ. އަދި އޭނާ އެޓީމަށް މިހާތަނަށް ޖުމުލަ 52 މެޗު ކުޅެފައިވާއިރު ހަތަރު ލަނޑު ޖަހައިފައި ވެއެވެ.
ޒޫމާ ޗެލްސީއާ ގުޅުނުއިރު އެކުލަބުގެ ރައީސް ރޮލެންޑް ރޮމޭޔާ ކުރިން ބުނެފައިވަނީ، މިޓްރާންފާގައި ޒުމާ އެއްވެސްޓީމަކަށް ބަދަލު ނުވާނެ ކަމަށެވެ.
ފުރާންސްގެ ޒުވާން ސެންޓަބެކެއް ޗެލްސީއަށް ގެނެސްފައިވާއިރު އެކްލަބުގެ ފްރާންސް ވިންގާ ގައެލް ކަކުޓާ ވަނީ، ލޯނު އެއްބަސްވުމެއްގައި އިޓަލީގެ ނަޕޯލީއާ ގުޅިފަ އެވެ.
ޗެލްސީއަށް އެންމެ މެޗެއް ކުޅެފައިވާ އުމުރުން 22 އަހަރުގެ ވިންގާ، ލާޒިއޯއަށް ދިޔައީ، މި ސީޒަން ނިމެންދެންނެވެ. ކަކުޓާ ޗެލްސީއާ ގުޅުނުފަހުން ލޯންއެއްބަސްވުމުގައި އޭނާ ބަދަލުވި މިއީ ފަސްވަނަ ޓީމެވެ. އޭގެ ތެރޭގައި ފުލަމް، ބޮލްޓަން، ފްރާންސްގެ ޑިޖޯން އަދި ހޮލެންޑުގެ ކްލަބެއް ހިމެނެ އެވެ.
އާދީއްތަ ދުވަހު ރަށުން ބޭރުގައި ޗީވޯއާ ދެކޮޅަށް ނުކުންނައިރު ލާޒީއޯ އޮތީ، އިޓަލީ ލީގުގައި ތާވަލުގެ 10 ވަނައިގަ އެވެ.