މި އަހަރުގެ 750،000 ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަށް އަތުވެއްޖެ އެވެ.


މޯލްޑިވިސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން މިއަދު ބުނީ  ދިވެހި ރާއްޖެ އަށް މި އަހަރު އައި 750،000 ވަނަ ޓޫރިސްޓަކީ، ރާއްޖެ އަށް ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތުގެ ޑެނިއަލާ ރޫތް ސެލިގް،31، ކަމަށެވެ.  


މިއަދު ހެނދުނު އައި ބްރިޓިޝް އެއާވޭސްގެ މަތިންދާ ބޯޓުން ސެލިގް، ޖީއެމްއާރު މޭލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމާ އެކު އޭނާ އަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ވަނީ އޭނާ އަށް ރާއްޖޭގައި އިތުރު ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ދީފަ އެވެ.


މިއީ ދިވެހި ރާއްޖެ އަށް އަހަރެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ޓޫރިސްޓުން އައި ފުރަތަމަ ފަހަރެވެ. ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ބުނި ގޮތުގައި ދިވެހި ރާއްޖެ އަށް ފުރަތަމަ ފަހަރަށް 750،000 ޓޫރިސްޓުން ޒިޔާރަތްކުރުމަކީ ޓޫރިޒަމްގެ ސިނާއަތަށް އައި ބޮޑު ކުރި އެރުމެކެވެ.