15 Dec 2010, 06:49
ހދ. ހަނިމާދު އަށް ހިޖުރަކޮށްގެން ތިބި ހއ. ހަތިފުށީ ރައްޔިތުންނަށް ކުރިން ހަނިމާދޫން ގޯތި ދޫކުރުމަށް ކަނޑައެޅި ސަރަހައްދު ނޫން އެހެން ސަރަހައްދަކުން ގޯތިދޫކުރުމަށް އެ ރަށު އޮފީހުން ނިންމުމާ ގުޅިގެން ހަނިމާދޫ ބަޔަކު ރަށު އޮފީސް ދޮށަށް އެއްވެ ނުރުހުންފާޅު ކުރަމުން އެބަގެންދެ އެވެ.
ހަނިމާދޫ ރަށު އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސާ މުހައްމަދު ހަސަން މިއަދު ވިދާޅުވީ އެ ރަށުން ހަތިފުށީ މީހުންނަށް ގޯތި ދިނުމަށް ކަނޑައެޅި ސަރަހައްދު ބަދަލުކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ހަނިމާދޫގެ 50 އަށް ވުރެ ގިނަ މީހުން ރަށު އޮފީސް ދޮށަށް އެއްވެފައިވާ ކަމަށެވެ.
އެ ރަށު އާންމު ރައްޔިތަކު މިއަދު ބުނީ މަތި އުތުރު ޕްރޮވިންސް އޮފީހުގެ ދެ މުވައްޒަފަކު މިއަދު ހަނިމާދު އަށް ދިއުމުން އެ ދެ މީހުން ވެސް ވަނީ ރަށު އޮފީހުން ނުކުތަ ނުދީ ހިފަހައްޓައިފައި ކަމަށެވެ.