ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންވަޔަރަންމެންޓު މިނިސްޓަރުގެ ނާއިބް ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ދ. ކުޑަހުވަދޫ ސޯސަންގޭ އަބްދުﷲ ހަމީދު ކަމަށެވެ.

އޭނާ އެމަގާމަށް އައްޔަން ކުރައްވާފައި ވަނީ މިއަދު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.