30 Jan 2014, 15:20
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން(އެމްބީސީ)ގެ ރޭޑީއޯ އިމާރާތުގަޔާއި ޓީވީއެމްގެ އިމާރާތުގައި އާންމުންނަށް ވަދެވޭގޮތަށް ކެންޓީން ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
އެމްބީސީ ގެ މީޑިއާ އޮފިޝަލް އަބުދުﷲ ރަމީޒް މިއަދު ސަން އަށް ވިދާޅުވީ އާންމުންނަށް ވަދެވޭގޮތަށް އެ ދެ އިމާރާތުގައި ކެންޓީން ހިންގުމަށް ބަޔަކާއި ހަވާލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި ބޮޑަށް ވިސްނުންހުރީ ކެންޓީން ހިންގަން ކުއްޔަށް ދީގެން އެމްބީސީއަށް އާންމުދަނީއެއް ހޯދުން ކަމަށެވެ.
އެމްބީސީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ޓީވީ އިމާރާތާއި ރޭޑިއޯ ޢިމާރާތް ހުންނަ ކޮށީގެ ކަނޑައަޅާ ސަރަޙައްދެއްގައި "ޢާންމުންނަށް ވަދެވޭގޮތަށް" އަމިއްލަ ތަކެތީގައި ދެ ކެންޓީނު ޢިމާރާތްކޮށް އެކަށީގެންވާ ހިދުމަތެއް ފޯރުވައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
އެ ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހު ތިންވަނަ ދުވަހު މަޢުލޫމާތު ސާފުކުރުމަށް ހުޅުވާލާފައި ވާއިރު ޕުރޮޕޯސަލް ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.