ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެވަނަ ކުންފުނި، އުރީދޫ މޯލްޑިވްސްއިން މިއަދު އައު ބްރޯޑްބޭންޑް ޕޯސްޓްޕެއިޑް ކަނެކްޝަންއަށް ޕްރޮމޯޝަންއެއް ފަށައިފިއެވެ.

އުރީދޫން ބުނީ، މުޅިން އަލަށް އެކްޓިވޭޓް ކުރަންޖެހޭ އުރީދޫ ބްރޯޑްބޭންޑް ޕޯސްޓްޕެއިޑުތަކަށް އިތުރު 1.8 ޖީބީގެ ޑޭޓާ އެލަވަންސް ލިބޭނެ ކަމަށެވެ. އަދި މިއީ ޓެބްލެޓް ބޭނުންކުރާ ފަރާތްތަކަށް ރާއްޖޭގައި އެންމެ ފުރިހަމަ ގޮތުގައި 14 އެމްބީޕީއެސް ސްޕީޑްގައި އުރީދޫ ޑޭޓާ ތަޖުރިބާކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ކަމަށް ވެސް އުރީދޫން ބުނެއެވެ.

ރާއްޖޭގައި އެންމެ ފުރިހަމަ ސްޕީޑާއިއެކު އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ އުރީދޫ ޑޭޓާ99 އާއި އުރީދޫ ޑޭޓާ 199 އާއި އުރީދޫ ޑޭޓާ 299 އާއި އުރީދޫ ޑޭޓާ 599 އަދި އުރީދޫ ޑޭޓާ 899 ޕެކޭޖްތަކެވެ.

އުރީދޫން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އުރީދޫ ފިހާރަތަށް މެދުވެރިކޮށް މިޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި އަދި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.