މާވެޔޮ މަގުގައި ހުންނަ ރެޑްކާޕެޓް ފިހާރަ ފަޅާލައި ވައްކަންކޮށްފި އެވެ.

ފުލުހުން ބުނީ އެ ފިހާރަ ފަޅާލާއި ވައްކަންކޮށްފައި ހުރިކަން އެނގުނީ މިއަދު ހެނދުނު ފިހާރަ ހުޅުވަން ދިޔަވަގުތުގައި ކަމަށެވެ. ރެޑްކާޕެޓް ފިހާރަ ފަޅާލައި ވައްކަންކޮށްފައި ވަނީ ދޮރު ހަލާކުކޮށްލައިގެން ވަދެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކުރީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށާއި ނަމަވެސް އޭގެ ކުރިން ވަގު އަތުލައި ގަނެފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ 6:50 ހާއިރު ވަގު ހައްޔަރުކޮށްފައި ވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ފުލުހުންނަށް ޝައްކު ކުރެވިގެން ނެވެ. އަދި އޭނާގެ އަތުން ސެންޓުފުޅި އާއި ޖިންސާއި ޓީޝާތުތަކެއްގެ އިތުރުން 600ރ. ވެސް ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެއްޗަކީ ރެޑްކާޕެޓް ފިހާރައިން ވެސް ގެއްލިގެން ރިޕޯޓުކޮށްފައިވާ ތަކެތި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ އެ މީހާ ހައްޔަރުކުރިއިރު އޭނާގެ އަތުން ތޫނު ހަތިޔާރު ވެސް ފެނިފައިވާ ކަމަށެވެ.

ރެޑްކާޕެޓް ފިހާރާފަޅާލައި ވައްކަންކޮށްފައިވާއިރު، ރޭ ވަނީ އޯކިޑް މަގުގައި ހުންނަ ރޮމްބަސް ފިހާރަ ފަޅާލައި ވައްކަންކޮށްފަ އެވެ.