15 Dec 2010, 04:16
އިޓަލީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ ގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ގާނޫނު ހަދާމަޖިލީހުގެ މަތިގޭގައި ނެގިވޯޓު ވަރަށް ހަނިގޮތަކަށް އޭނާ ކާމިޔާބު ކުރައްވައިފިއެވެ. ނަމަވެސް ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓާ ކުރިމަތިލައްވަން އަދި އޭނާ އަށް ޖެހިވަޑައިގަންނަވާނެއެވެ .ތިރިގޭގައި ނަގާވޯޓަކީ ވަރަށް ހަމަ ވޯޓަކަށް ވާނެކަމަށާ ނަމަވެސް މިއީވެސް ކާމިޔާބު ކުރައްވަން ބާލުސްކޯނީއަށް ދަތިވާނެ ވޯޓެއްކަމަށް ދަނީ ބެލެމުންނެވެ. މިވޯޓު ބާލުސްކޯނީއަށް ކާމިޔާބު ނުރުއްވިއްޖެނަމަ އިޓަލީގައި އަލުން އާންމު އިންތިޚާބެއް ބޭއްވުން އަވަސްކުރާނެއެވެ.
ގާނޫނު ހަދާ މަޖިލީހާ މުޚާތަބް ކުރައްވަމުން ބެލެސްކޯނީ އިއްޔެ ވަނީ އޭނާ މަގާމުން ދުރުކޮށްފިނަމަ ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށްވިދާޅުވެ މިކަން ނުކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފައެވެ. އުމުރުފުޅުން ހަތްދިހަ ހަތަރު އަހަރުގެ ބެލެސްކޯނީއަކީ އިޓަލީގެ އެހެން ސިޔާސީލީޑަރުންނާ ތަފާތު ބޭފުޅެކެވެ. އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާއެކުވެސް އޭނާވަނީ ފަސްއަހަރުގެ ދައުރެއްގެ ދެބައިކުޅައެއްބައި ކަޑައްތު ކުރައްވާފައެވެ. ބާލުސްކޯނީގެ ސުލޫކު ހުންނަގޮތުން މިފަހަކަށް އައިސް އޭނާގެ މަގްބޫލްކަން ވަނީ ވަރަށްބޮޑަށް ދަށްވެފައި ކަމަށް އިޓަލީންލިބޭ ޚަބަރުތައް ބުނެއެވެ.