29 Jan 2014, 15:23
އަންނަ މާޗް މަހުގެ 18 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ޚާއްސަ ކޮށްގެން ޚާއްސަ އިޝްތިހާރު ޕެކޭޖެއް ތަޢާރަފު ކުރަން ސަން އޮންލައިނުން ނިންމައިފި އެވެ. މި ޕެކޭޖު ތަޢާރަފު ކުރަން ނިންމާފައި ވަނީ އަންނަ ފެބުރުއަރީ މަހުގެ ހައެއް ވާ ބުރާސްފަތި ދުވަހު އެވެ.
ސަން މީޑިއާ ގުރޫޕުގެ އާ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާޢީލް ޒާހީ ޒާހިދު (ޒާހީ) ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަމާޒުކޮށްގެން ސަން އޮންލައިންގައި ފަރުމާ ކޮށްފައިވާ ސްލޮޓު ތަކުގައި އިޝްތިހާރު ކުރެއްވުމުން އެއްފަހަރާ އެތައް ހާސް ބަޔަކަށް ފެނިގެން ދިޔުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ. އަދި މި އިޝްތިހާރު ސްލޮޓުތައް ސަން އޮންލައިންގެ ފުރަތަމަ ސޮފުހާ ފިޔަވައި އެހެން ކޮންމެ ސޮފުހާ އަކަށް ވަޑައިގަތަސް ފެންނާން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
http://www.youtube.com/watch?v=qT9ProYFDZY
"ސަން އަކީ ދުވާލަކު އެތައް ހާސް ބަޔަކު ވަންނަ ސައިޓެއް. އޮންލައިން މީޑިއާ އަކީ އިޝްތިހާރު ކުރުމަށް މިހާރު އޮތް އެންމެ ފަސޭހަ މަގު. ސަން ޓީމުން ގަބޫލު ކުރާ ގޮތުގައި މި ކަމުގެ ސަބަބުން ކެންޑިޑޭޓުންނާއި ރައްޔިތުން ގުޅުވައިލަދޭނެ،" ޒާހީ ވިދާޅުވި އެވެ.
ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން ޢަލީ ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން ކެމްޕޭން ކުރެއްވުމަށް ސަން އިން މި ހުޅުވައިލާ ފުރުސަތުގެ ތެރެއިން ކެންޑިޑޭޓުން ބޭނުންވާ މެސެޖުތައް ރައްޔިތުންނަށް ދެއްވުމަށް އެތައް ގުނައެއް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އެ ގޮތުން ސަން އޮންލައިނުގައި މި ތަޢާރަފު ކުރެވޭ ސްލޮޓު ތަކުގައި އިޝްތިހާރު ކުރައްވާ އިރު، ދޭތެރެ ދޭތެރެ އިން ތަފާތު އެކި ކަހަލަ މެސެޖުތައް ދެވޭ ގޮތަށް އިޝްތިހާރު ބަދަލުކުރެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގަންނަވާނެ ކަމަށް ސިނާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހުޅުވައިލާ އިޝްތިހާރު ސްލޮޓުތައް ހެޔޮ އަގުގައި ލިބިވަޑައިގަންނަވާނެ. މި އިޝްތިހާރު ތައް ސަންގެ ފުރަތަމަ ސޮފުހާ ފިޔަވައި އެހެން ހުރިހާ ސަފުހާއެއްގައި ފެންނާން ހުންނާނެ. އެ ގޮތުން ޚަބަރު ސަފުހާ، ކުޅިވަރު ސޮފުހާ، ރިޕޯޓު ސޮފުހާ، ބޭރު ޚަބަރު އަދި މި ނޫން ވެސް ހުރިހާ ސޮފުހާއެއްގައި ފެންނާން ހުންނާނެ. މާނަ އަކީ ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކަށް މި އިޝްތިހާރުތައް ފެންނާނެއޭ،" ސިނާން ވިދާޅުވި އެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު މި އިޝްތިހާރުތައް ފައްޓަން ސަންއިން ނިންމާފައިވާ އިރު، ސްލޮޓު ތައް ރިޒާވް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ. އެގޮތުން ސްލޮޓްތައް ރިޒާވް ކުރެއްވުމަށް ގުޅުއްވާނީ، ސަންގެ މާކެޓިން ނަންބަރު 7970076 އަށެވެ. އީމެއިލްއިން ނަމަ،[email protected]އަށެވެ.