29 Jan 2014, 14:23
އިސްލާމިކް މިނިސްޓްރީ އަށް އަމީން އާއްމު ކަމުގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމީން އާއްމު ކަމުގެ މަގާމަށް އައްޔަންކޮށްފައި ވަނީ ގދ. ތިނަދޫ ފަތިސް، މ. އަލިހަވާ، ތޯހާ ނައީމް ކަމަށެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައި ވަނީ މީގެ ދެ ތިން ދުވަސް ކުރިން ކަމަށެވެ.
ތޯހާ އެމާގަމާށް އައްޔަންކޮށްފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންފަރުގަ އެވެ. އަދި އެއީ ސިޔާސީ މަގާމެއްގެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ރައީސް އޮފީހުގެ ސްޕޯކްޕާސަންސް އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އަމީން އާއްމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީ އަށް އަމީން އާންމަކު އައްޔަން ކުރި ނަމަވެސް އެހެން މިނިސްޓްރީތަކަށް އަމީން އާންމަކު އައްޔަންކުރުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިސްލާމިކް މިނިސްޓްރީއަކީ މިހާރު ވެސް އެހެން މިނިސްޓްރީތަކާ ތަފާތު މިނިސްޓްރީއެއް، އެގޮތުން މިހާރު ވެސް އެފަދަ ބައެއް މަގާމުތައް އެ މިނިސްޓްރީގައި ހުންނާނެ،" މުއާ ވިދާޅުވި އެވެ.
މަސްޖިދުލްސުލްތާނުގެ އިމާމް ކަމުގެ މަގާމުގައި މިހާރު ހުންނެވި ބޭފުޅަކީ ވެސް އިސްލާމިކް މިނިސްޓްރީ އަށް ނައިބް މިނިސްޓަރުގެ ފެންވަރުގެ އައްޔަން ކުރައްވައިފައިވާ ބޭފުޅެކެވެ.