ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމުގައި ބޭނުންވާ ޓީޗަރުން އުފެއްދުމަށް "އިންކުލޫސިވް އެޑިއުކޭޝަން އެޑްވައިޒަރީ" ކޮމިޓީގެ ނަމުގައި އެޑިޔުކޭޝަން މިނިސްޓްރީން މިއަފު ކޮމެޓީއެއް އިފުތިތާހުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޑިވެލޮޕްމަންޓް އޮފިސަރު އަހްމަދު އާތިފް މިއަދު މީޑިއާ އަށް ވިދާޅުވީ ހާއްސައެހީ އަށް ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބެންވާ ފަންނީ އެހީތެރިކަން ހޯދައި ދިނުމަށް އެ ކޮމެޓީން މަސައްކަތް ކުރުމުގެ އިތުރަށް އެ ނޫން ކުދިންނަށް ވެސް ތައުލީމު ފޯރުކޮށް ދިނުމުގައި ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލު ކުރުމަށް ލަފާ ދެއްވާނެ ކަމަށެވެ.

އާތިފު ވިދާޅުވި އެ ކޮމެޓީގައި ސިއްހީ ދާއިރާގެ ބޭފުޅުންނާއި ޕްރިންސިޕަލުންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ އިތުރުން އެޑިއުކޭޝަން ދާއިރާގައި ތަމްސީލުކުރާ އެކިއެކި ބޭފުޅުން ހިމެނޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ބޭފުޅަކު ވެސް އެ ކޮމިޓީގައި ހިމެނޭނެ ކަމަށެވެ.