15 Dec 2010, 04:10
އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ލީޓަރަކުން 35 ލާރި ބޮޑުކޮށްފި އެވެ.
ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ކުންފުނި, އެސްޓީއޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ ކުންފުނިން ޑީސަލް ލީޓަރެއް ވިއްކާނީ 10.45 ރުފިޔާ އަށް ކަމަށާއި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.60 ރުފިޔާ އަށް ކަމަށެވެ. މިއީ އެ ދެ ބާވަތުގެ ތެލުން 35 ލާރީގެ ބޮޑުމިން ވަރެކެވެ.
މިދިޔަ މަހުގެ ފަސްވަނަ ދުވަހު ވެސް އެސްޓީއޯ އިން ވަނީ ޑީސަލް ލީޓަރެއްގެ އަގު 30 ލާރި ބޮޑުކޮށްފަ އެވެ. އޭރު ޑީސަލް ލީޓަރެއް ވިއްކީ 9.80 ލާރި އަށެވެ.
އެސްޓީއޯގެ އެ އިއުލާނުގައި ވަނީ ޑީސަލްގެ އަގު ބޮޑު ކުރީ އެންމެ ފަހުން ލިބުނު ޝިޕްމަންޓްގެ އަގު ބޮޑުވެފައިވާތީ ކަމަށެވެ.