އުރީދޫ މޯލްޑިވްސްއިން މިއަދު ލިވްއަންލިމިޓެޑް އެޑްއޯންސްގެ ހިދުމަތް އިތުރު ފައިދާތަކާއި އެކު ތައާރަފް ކޮށްފި އެވެ.

އުރީދޫއިން ބުނީ، އިތުރު ފުރިހަމަކަމާއެކު ތައާރަފްކުރެވުނު ލިވްއަންލިމިޓެޑް އެޑްއޯންސް މެދުވެރިކޮށް ލިބިގެންދާނެ ގިނަ ފައިދާ ތަކުގެތެރޭގައި އަންލިމިޓެޑް ކޯލްސް އާއި އަންލިމިޓެޑް އެސްއެމްއެސް އާއި 500 އެމްބީ އާއި ހަމަޔަށް ހިލޭ ޑޭޓާ އެލަވަނަސް އަދި މީގެ އިތުރުން ލޯކަލް ކޯލަށް ހިލޭ މިނެޓް ލިބިގެންދާއިރު، އެންމެ 10ރ. ހަރަދު ކުރައްވައިގެން މި ހިދުމަތްތައް ލިބިގެންދާނެ އެވެ.

އުރީދޫ ލިވް އަންލިމިޓެޑް އެޑްއޯންސްގެ ތެރޭގައި ޑެއިލީ އަދި މަންތްލީ އެޑްއޯންސް ހިމެނެ އެވެ.

"ޑެއިލީ އަންލިމިޓެޑް 10" އެޑްއޯންސް އިން މުޅިދުވަހު އަންލިމިޓެޑް ކޯލް ކުރެވޭނެ ކަމަށާއި "މަންތްލީ އަންލިމިޓެޑް 299" އެޑްއޯންސް އިން މުޅި މަހު އަންލިމިޓެޑް ކޯލު ކުރެވޭނެއެވެ. އަދި "ޑެއިލީ އަންލިމިޓެޑް 20" އެޑްއޯންސް އިން މުޅި ދުވަހު އަންލިމިޓެޑް ކޯލާއި އެސްއެމްއެސް އާއި 100 އެމްބީ ޑޭޓާ އަދި ހިލޭ މިނެޓް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫއިން ބުނީ، "މަންތްލީ އަންލިމިޓެޑް 399" އެޑްއޯންސް އިން މުޅި މަހު އަންލިމިޓެޑް ކޯލާއި އެސްއެމްއެސް އާއި 500 އެމްބީ ޑޭޓާ އެލަވަންސް އަދި އިތުރު ލޯކަލް ކޯލްތަކަށް 100 މިނެޓް ހިލޭ ލިބޭނެ ކަމަށެވެ.

އުރީދޫ ކަސްޓަމަރުންނަށް އަންލިމިޓެޑް އެޑްއޯންސް މެދުވެރިކޮށް ރާއްޖޭގެ ލޯކަލް އެހެން ނެޓްވޯކުގެ ނަންބަރުތަކަށް އެންމެ 55 ލާރީގެ ރޭޓުން ގުޅާލެވޭނެ އެވެ.

އުރީދޫ ކަސްޓަމަރުންނަށް މިއެޑްއޯންސް ފަސޭހަކަމާއެކު #929* އަށް ޑައިލްކުރައްވައިގެން ނެންގެވޭއިރު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހުންނަ އުރީދޫ ރީޓެއިލް ފިހާރަތަކުން ލިވްއަންލިމިޓެޑް ރީޗާޖު ކާޑު ލިވް އަންލިނިޓެޑް ރާސްޓަސް މެދުވެރިކޮށް ލިބޭގޮތް މިހާރުވަނީ ހަދައިފަ އެވެ.