ޖުމްހޫރީ ޕާޓީގެ ވަގުތީ ސްޕޯކްސް ޕާސަން ކަމަށް ޑރ. ހުސައިން ރަޝީދު ހަސަން އަދި ލީގަލް ސެކްރެޓަރީގެ މަގާމަށް މުހައްމަދު ހަލީމް އައްޔަން ކުރައްވައިފި އެވެ.

އެ ދެ ބޭފުޅުން އެމަގާމަށް އައްޔަން ކުރައްވާފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

އެ ޕާޓީގެ ނާއިބް ލިޑަރު ކަމަށް ފަސް ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދާއި އިމާދު ސޯލިހުގެ އިތުރުން ފުވާދު ގާސިމެވެ.

ލީގަލް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރެއްވި ހަލީމް ވަނީ އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް ނިންމަވާފަ އެވެ.