28 Jan 2014, 15:30
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް ގަލޮޅު ސައިމާ މަރްޔަމް ވިސާމް މިއަދު އައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިމަގާމަށް އޭނާ އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރުގެ ނާއިބު ފެންވަރުގައެވެ.
މަރްޔަމް ވިސާމަކީ، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކްއީންސްލެންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ބެޗެލަރޒް ޑިގްރީ ހާސިލު ކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮރދަންބްރިއާއިން މާކެޓިންގ މެނޭޖްމަންޓުގެ ދާއިރާއިންނެވެ.
މަރްޔަމް ވިސާމް މިހާތަނަށް ހުންނެވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުގައެވެ. އޭގެ ކުރިން، އެތާނގެ މެނޭޖަރު ކަމުގެ މަޤާމާއި، ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ.