28 Jan 2014, 13:33
އަންނަ މާޗް މަހު ބާއްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިހާރު ހިނގަމުންދާ ރައްޔިތުން މަޖިލީހުގައި 77 ދާއިރާއަކަށް މެންބަރުން ތިބި ނަމަވެސް މި އަހަރު ބާއްވާ ރައްޔިތުން މަޖިލީހަށް 85 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ.
އިލެކްޝަން ކޮމިޝަން އިން މިއަދު ބުނީ މާޗު 22 ގައި އޮންނަ އިންތިހާބުގައި މަޖިލީހަށް ކުރިމަތިލެ ވޭނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވާ ދިވެހި ރައްޔިތަކަށް ކަމަށެވެ. އަދި އެމީހަކީ މުސްލިމަކަށް ވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށް ވާންޖެހޭ އިރު އުމުރުން 18 އަހަރު ވެފައިވާ މީހަކަށް ވުމާއި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން ޝަރުތަރުތަކުގެ ތެރޭގައި ހިމެނެ އެވެ.
މަޖިލީހަށް ކުރިމަތި ނުލެވޭނީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން ނުވަތަ ޖިންސީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުމުމެއް ތަންފީޒްކުރަމުންދާ މީހަކު ކަމުގައި ވުމާއި އެފަދަ ކުށެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެހުމެއް ތަންފީޒްކުރިތާ ނުވަތަ އަދަބް މައާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމަގުގައިވުމާއި ފަނޑިޔާރަކު ކަމުގައިވުމެވެ.
އިލެކްޝަންސް އިން ބުނީ އެއިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން މާދަމަ އިން ފެށިގެން އިލެކްޝަން ކޮމިޝަނުގައި ކުރިއަށްދާނެ ކަމަށެވެ. އަދި ފޯމް ބަލައިގަންނާނީ 5000 ރުފިޔާގެ ފީއަކާ އެކު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 22 މާޗްވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަކަށް ބޭއްވުމަށް ނިންމާފައިވާ އިރު އެއިންތިހާބުގެ ރަސްމީނަތީޖާ އިއުލާން ކުރުމަށް ނިންމާފައި ވަނީ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.