14 Dec 2010, 12:40
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ބަޖެޓް ހުށަހެޅުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި މިވަނީ، މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަން ޖެހޭނީ ފިނޭންސް މިނިސްޓަރު ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މިވަގުތު ފިނޭންސް މިނިސްޓަރު ނެތުމާ އެކު އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅަކަށް މަޖިލީހަށް ބަޖެޓް ހުށަހެޅުއްވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރުމާ ގުޅިގެންނެވެ. އެހެންކަމުން މާދަމާގެ ޖަލްސާ އަށް ބަޖެޓް ހުށަހަޅުއް ވާނީ، ފިނޭންސް މިނިސްޓްރީ ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވި އިކޮނިމިކް މިނިސްޓަރު މަހްމޫދު ރާޒީ އެވެ.
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ 12.3 ބިލިއަން ރުފިޔާގެ ބަޖެޓަކީ 15 ޕަސެންޓް ދަރަނި އަދި، 80 ޕަސެންޓް ވަރު ރިކަރަންޓް ހަރަދަށް އަންދާޒާކޮށްފައިވާ ބަޖެޓެކެވެ.